ހަބަރު

އުއްތަމަ ފަނޑިޔާރާއި ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

Jun 25, 2019
3

މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބައްދަލު ކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު އަބުދުﷲ ދީދީ އާއި ރައީސް ނަޝީދު ބައްދަލު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެވެ. ނަމަވެެސް އެ ބައްދަލުވުމާއި ގުޅޭ ތަފްސީލުތައް ހާމަކޮށްފައެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރާއި ރައީސް ނަޝީދު ބައްދަލު ކުރައްވާފައިވާއިރު، ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓާއި ދެމެދު ވަނީ ނުތަވަސް ކަމެއް އުފެދިފަ އެވެ.

ޖޭއެސްސީއިން އަންނަނީ ސުޕްރީިމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ބަލަމުންނެވެ. އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލައިގެން ދީދީގެ ތަހުގީގް ކުރިއަށް ގެންގޮސްފަ އެވެ.

ދީދީގެ މައްސަލައިގެ އިތުރުން އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަވެސް ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ. އަދި ފަނޑިޔާރުންނާއި ހުރިހާ ކޯޓެއްގެ ގާޒީން ޝަރުތު ހަމަވޭތޯ ބެލުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.