ލައިފްސްޓައިލް

އިހްސާސްތައް ދެނެގަންނަން ކުދިންނަށް ބުނެދޭންޖެހޭ!

ކުރިއަށްވުރެ ބޮޑަށް އެކަކުއަނެކަކުގެ ހާލު ބަލާ އަޅާލާ މުޖުތަމައުއަކަށް އަހަރުމެން މިއޮތީ ބޭނުންވެފަ އެވެ. ކުޑައިރުން ފަށައިގެން ކުދިންނަށް އެހެން މީހުންނާއި އަޅާލުމަށާއި އޯގާތެރިކޮށް ހިތަން ދަސްކޮށްދިނުމާއި އަނެކާގެ އިހްސާސްތައް ދެނެގަތުމަށް ދަސްކޮށްދީ އެހީތެރިވާން ދަސްކޮށްދެވިދާނެ އެވެ. ބައެއް ކުދިންނަށް އެހެން މީހުންގެ އިހުސާސްތަށް ދެނަގަތުމަށް އަވަހަށް ނަގައިގަނެވެއެވެ.

އެހެންމީހުންގެ އިހްސާސްތައް ދަންނަ ކުދިންނަށް މައްސަލަތަކާއި އުނދަގޫ އިޖުތިމާއީ ހާލަތްތަކާއި ޑީލް ކުރަން އެނގެއެވެ. އަދި އެހެންކުދިންގެ އިހްސާސްތަކަށް ދަންނަ ކުދިބަޔަކު އެހެން ކުދިންނަށް ބްލީ ކުރުމާއި ދުރުވާނެ އެވެ. އަދި ރަހްމަތްތެރިއަކަށް މިފަދަ ހާލަތެއް ދިމާވެއްޖެ ނަމަވެސް އެހީތެރިވާނެ އެވެ.

އެހެންމީހުންގެ އިހްސާސްތަކަށް އިހްތިރާމު ކުރަން ކުދިންނަށް ދަސްކޮށްދޭން ޖެހެނީ ވަކި އުމުރެއްގައެއް ނޫނެވެ. ކުދިންނަށް ކަންކަން ދަސްކޮށްދޭން އެންމެ ރަނގަޅު ގޮތަކީ އެކުދިންނަށް ނަމޫނާ ދެއްކުމެވެ. މިގޮތުން ކުއްޖަކު ވެއްޓުނަސް ތެދުވުމަށް އެހީތެރިވެވިދާނެ އެވެ. އަދި ކުއްޖަކު ރުޅި ދައްކާ ބޮޑާ ހާކަނަމަ އެ ކުއްޖަކު އެކަހެރިކޮށްލުމުގެ ބަދަލުގައި ކުއްޖާ ހަމަޖެހެން ދެން ވާހަކަ ދެއްކިދާނެ އެވެ. އުނދަގޫ ހާލަތްތަކުގައި މިފަދަ ގޮތްގޮތަށް އަމަލު ކުރުމުން ކުދިން ނަމޫނާ ބަލައިގަނެ ދަސްކުރާނެ އެވެ.

ކުދިންނަށް އެމީހުންނަށް ބޭނުންވާ ރައްކާތެރިކަމާއި އޯގާތެރިކަމާއި އަޅާލުން ލިބޭނަމަ އެހެންމީހުންނާމެދު އެކުދިން ކަންތައް ކުރާނީވެސް އެ ގޮތަކަށެވެ. ކުދިންނަށް ކަމެއް ދަތިވެގެން އުޅޭނަމަ އެކުއްޖެއްގެ ބެލެނިވެރިއަޔަކު އެކުއްޖާއަށް ދިމާވެގެން އުޅެނީ ކޮންކަމެއްތޯ އަހާ އޮޅުންފިލުވައި އެހީތެރިކަން ފޯރުކޮށްދޭން ވެއެވެ.

ކުދިން ކުޑައިރު ދަތްއުނގުޅާ، އަމިއްލައަށް ހެދުންލާ އަދި ފުނާއަޅަން ވެސް ދަސްކޮށްދޭ ފަދައިން އެ ކުދިންނަށް އެ ކުދިންގެ އިމޯޝަންސް ނުވަތަ ޖަޒްބާތު ދަސްކޮށް ދޭން އެބެޖެހެ އެވެ. އަމިއްލަ ޖަޒުބާތު ކުއްޖާއަށް ނޭގެނަމަ އެހެން މީހުންގެ އިހުސާސް އެ ކުއްޖަކަށް ވަޒަން ކުރަން ނޭގެނެ އެވެ. މިގޮތުން ފޮތް ކިޔާ އިރުވެސް ނުވަތަ ޓީވީން އެއްޗެއް ބަލާއިރު ވެސް ރަނގަޅަށް މީހުންގެ އިހްސާސްތަށް ދެނަގަންނަން ކުއްޖާއަށް ދަސްކޮށްދެވިދާނެ އެވެ. މޫނަށް އަންނަ ބަދަލާއި ބޮޑީ ލޭންގުއޭޖް ހުންނަ ގޮތަށް ކުދިން ހޭލުންތެރިކޮށްދެވިދާނެ އެވެ.

ދެން އޮތް ގޮތަކީ ކުދިންނަށް އެ ކުދިންނަށް އުފުލޭވަރު ޒިންމާތަށް ނެގުމަށް ހަވާލު ކުރުމެވެ. މިސާލަކަށް ބުޅަލެއް ނުވަތަ ދޫންޏެއް ގެންގުޅޭ ނަމަ އެ އެއްޗަކަށް ގަޑިން ގަޑިން ކާންދިނުމަށް އެ ކުދިންނާއި ހަވާލު ކުރެވިދާނެ އެވެ. ކުދިންނަށް ޒިންމާ ނެގުމަށް އެންމެކުޑައިރުންސުރެ ދަސްކޮށްދިނުމުން އެކުދިން ހަރުދަނާވެ އެހެންމީހުންނައި އަޅާލުމަށް ދަސްކޮށްދެ އެވެ.

ދެން މިއޮތީ ބެލެނިވެރިންނަށް ހެދޭ ގޯހެކެވެ. ކުދިންގެ ހުރިހާ މައްސަލަތައް ހައްލުކޮށްދެނީ އެވެ. ކުދިންގެ ހުރިހާ ކަމެއް އަބަދުވެސް ހައްލު ކޮށްދޭ ނަމަ އެ ކުދިންނަށް އާ ކަންކަން ދަސް ކުރުމަށް ފުރުސަތު ނުލިބެ އެވެ. މީގެ ބަދަލުގައި ކުދިންނަށް ދަސްކޮށްދޭންވީ ހުއްޓި، ވިސްނާ އަދި އަމަލު ކުރުމަށެވެ. ހުރިހާ ކަމެއް ހުއްޓާލާ ވެގެން މިއުޅެނީ ކީއްތޯބަލަން ކުއްޖާއަށް ދަސްކޮށްދޭންވީ އެވެ. އެ ހަލާތަކާއި ގުޅޭގޮތުން ވިސްނަން ދަސްކޮށްދެވިދާނެއެވެ.