ދުނިޔެ

މަރުގެ ހުކުމް ތަންފީޒު ކުރަން ސޮއި ކޮށްފިން: ސިރިސޭނާ

ސްރީލަންކާގައި މަސްތުވާތަކެތީގެ ބޮޑު މައްސަލަތަކުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމި އެކަމާއިގެން ކުރިއަށް ދިއުމަށްޓަކައި ހަތަރު ގައިދީއަކަށް މަރުގެ ހުކުމް އިއްވުމަށް ސޮއިކޮށްފައިވާނެ ކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ހަތަރު ގައިދީއެއްގެ މަރުގެ ހުކުމް ތަންފީޒު ކުރަން ސޮއިކޮށްފައި ވާނެ. އަދި އެކަމަށް ތާރީހު ވެސް ކަނޑަ އަޅައިފިން" ކޮލަމްބޯގައި ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ވަކި ތާރީހެއް ހާމަ ނުކުރައްވާ އަދި ކުށްވެރިންގެ ނަން ވެސް ހާމަ ނުކުރައްވާ ސިރިސޭނާ ވިދާޅުވި އެވެ.

ލަންކާގައިއެންމެ ފަހުން މަރު ހުކުމެއް ތަންފީޒު ކޮށްފައި ވަނީ މީގެ 43 އަހަރު ކުރިންނެވެ. އަދި އެ ގައުމުގައި އެންމެ ފަހުން ޖައްލާދެއްގެ ވަޒީފާގައި ހުރި މީހާ އަހަރުތަކެއް ވަންދެން ހުރެފައި 2014 ވަނަ އަަހަރު ވަޒީފާއިން އިސްތިއުފާ ދިނީ އެންމެ މީހެއްގެ މައްޗަށް ވެސް މަރުގެ ހުކުމް ތަންފީޒު ނުކޮށެވެ. އަދި މިދިޔަ އަހަރު ޖައްލާދުގެ ވަޒީފާއަށް ނަގާފައިވާ މީހާ ވަޒީފާއަށް އެންމެ ދުވަހަކު ވެސް ވަޒީފާއަށް ގޮސްފައެއް ނުވެއެވެ.

ލަންކާ ސަރުކާރުން މިއަހަރު ޖައްލާދުގެ ވަޒީފާއަށް އިއުލާންކޮށް އެ މަގާމަށް ދެ މީހަކު ނަގާފައި ވެއެވެ.

އަހަރުތަކެއް ފަހުން ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައި ވާއިރު އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި މުޅި ދުނިޔެއިން ވެސް ރައީސް ސިރިސޭނާއަށް މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓުވުމަށް ގޮވާލާާފައި ވެއެވެ.

"މަސްތުވާާތަކެތި ނައްތާލުމަށް ކަމަށް ބުނެ އަނިޔާވެރިކަމުން ފިލާވަޅު ނަގައިގެން ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރުން އެއީ ބައިނަލް އަގްވާމީ ގާނޫނޫތަކާ ވެސް ހިލާފުވާނެ ކަމެއް،" ދެކުނު އޭޝިއާގެ ހިއުމަން ރައިޓްސް ވޮޗްގެ ޑިރެކްޓަރު މީނާކްޝީ ގަންގޫލީ ވިދާޅުވި އެވެ.

ނަމަވެސް ރަޢިސް ސިރިސޭނާ ވިދާޅުވަނީ މަރުގެ ހުކުމް ތަންފީޒު ނުކުރުުގެ ސަބަބުން މީހުން މަރާ މީހުންނާާއި މަސްތުވާތަކެތީގެ ވިޔަފާރިވެރިން ޖަލުތަކަށް ގިނަވެ ޖަލުތައް ތޮއްޖެހެމުންދާ ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަޜީ މަު ފިލިޕީންސްގެ ރައީސްއާއި ބައްދަލުކުރެއްވުމަށް އެ ގައުމަށް ވަޑައިގެންނެވުމަށް ފަހު ލަންކާގައި ވެސް މަރުގެ ހުކުމް ތަންފީޒު ކުރަން ފެށުމަށް ނިންމަވާފައި ވެއެވެ.