ދިރާގު

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމްގައި ނިކަލޯޑިއަން

ކުޑަކުދިންގެ ޓީވީ ޗެނަލް ނިކަލޯޑިއަންގެ ޝޯތައް މިހާރު ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އިން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ވައިކޮމް އިންޓަނޭޝަނަލް މީޑައާ ނެޓްވޯކްސްގެ (ވީ.އައި.އެމް.އެން) ދަށުން ހިންގާ ނިކަލޯޑިއަން އަކީ ކުޑަކުދިންނާއި އާއިލާތަކުގެ މެދުގައި ބައިނަލްއަގުވާމީ ފެންވަރުގައި މަގުބޫލު ޗެނަލެކެވެ.

ދިރާގު ޓީވީގެ ވީއޯޑީ ފީޗާ ބޭނުން ކުރާނެ ގޮތް

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށް ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން، ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ހިމެނޭ "ވީއޯޑީ" ޖަހާފައިވާ ބަޓަން އަށް ފިއްތާލުމުން ވީއޯޑީ ކޮންޓެންޓްތައް ބަލާލެވޭނެ އެވެ.

ދިރާގުގެ ވީއޯޑީ ޕްލެޓްފޯމް އަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ "އިންޓްރޯ އޮފާ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް 31 ޑިސެމްބަރުގެ ނިޔަލަށް ހިލޭ ބޭނުން ކުރެވޭނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެ އެވެ.

ދިރާގު ޓީވީގެ ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީ އިން މަސައްކަތްކުރަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ބުނެ އެވެ.