އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން "އިންޓަނޭޝަނަލް އިސްލާމިކް އެންސައިކޮލޮޕީޑިއާ އޮން ޓޮލަރެންސް" ނެރެން ނިންމައި އެކަމަށް ބޭނުންވާ އިލްމުވެރިންގެ ކޮމެޓީ އެކުލަވާލައި މުޅި މަޝްރޫއުގެ މަސައްކަތް ރާއްޖޭގެ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީސައީދު އޯއައިސީން އާ ހަވާލު ކޮށްފި އެވެ.
ޝަހީމްގެ ބެއްލެވުމުގެ ދަށުން މި މަސައްކަތް ކުރިޔަށް ގެންދާނީ އޯއައިސީގެ ފިކުރީ ގޮފިންނެވެ. އެ ގޮފީގެ ވެރިޔަކީ ވެސް ޝަހީމެވެ.
އޯއައިސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ކުރިއަށް ގެންދާ މި ބޮޑު ޕްރޮޖެކްޓްގެ މަސައްކަތް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލްއުސައިމީން އިއްޔެ ވަނީ ފައްޓަވައި ދެއްވާފަ އެވެ.
އެނާ ވިދާޅުވީ މި އީ ދުނިޔޭގައި މިފަދަ ގޮތަކަށް އިސްލާމްދީނުގެ ސަމާހަތްތެރިކަމާބެހޭ ގޮތުން ނެރެވޭ ފުރަތަމަ ބޮޑު އިލްމީ އެންސައިކޮލޮޕީޑިއާ ކަމަށާއި މި އެންސައިކޮލޮޕީޑިއާ ދުނިޔޭގެ އެކި ބަސްތަކަށް ތަރުޖަމާކުރާނެ ކަމަށެވެ.
މި މަޝްރޫޢު ފުރިހަމަކުރަން ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފަ އެވެ. އެ ކޮމެޓީގައި ހިމެނެނި ވަޑައިގަންނަވަނީ ނާއިފް އަރަބް ޔުނިވާސިޓީ ފޯ ސެކިއުރިޓީ ސައެންސަސްގެ ފެކަލްޓީ އޮފް ސްޓްރެޓެޖިކް ސްޓަޑީސްގެ ފައުންޑިން ޑީން ޕްރޮފެސަރު ޑރ. އިއްޒައްދީން މޫސާ އާއި މޮރޮކޯގެ ތަރުބަވީ ކައުންސިލްގެ މެންބަރު ޕްރޮފެސަރު ޑރ. އަހުމަދު އައްބާދީ އާއި ސައުދީ އަރަބިއްޔާގެ އިލްމުވެރިއެއް ކަމުގައިވާ ޑރ. ހމަދު އަލްމާޖިދާއި، ލުބުނާން ޔުނިވާސިޓީގެ ޕްރޮފެސަރު ޑރ. ރިލްވާން އައްސައްޔިދާއި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ އަދި އޯއައިސީގެ ފިކުރީ ގޮފީގެ ވެރިޔާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އޭނާއަކީ އޯއައިސީގޭ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުވެސް މެއެވެ.