ވިޔަފާރި

ބީއެމްއެލް އިން ފްރާންސް ދެކޮޅު ޓިކެޓު ލިބޭ ކުއިޒެއް ފަށައިފި

Jun 27, 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަންހެނުންގެ ވޯލްޑް ކަޕާ ދިމާކޮށް، ފްރާންސް ދެކޮޅު ޓިކެޓު ލިބޭ ކުއިޒެއް ފަށައިފި އެވެ.

"ބީއެމްއެލް ވޯލްޑް ކަޕް މަޖާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ކުއިޒުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް އަންނަ ފަރާތަކަށް ފްރާންސް ދެކޮޅު ދެކޮޅު ޓިކެޓު ކަމަށެވެ.

މި ކުއިޒް ކުރިއަށް ދާނީ ބޭންކުގެ ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށެވެ. އެއްވަނަ އަށް އަންނަ ފަރާތަކަށް އިތުރު މީހެއް ގޮވައިގެން ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. އެއްވަނަ ފަރާތަށް ފްރާންސު ދެކޮޅު ޓިކެޓުގެ އިތުރުން ސްޕެންޑިން އެލަވަންސުގެ ގޮތުގައި 1،000 ޑޮލަރު ލިބޭނެ އެވެ.

މި ކުއިޒުގައި ބައިވެރިވެވޭނީ ކުއިޒުގައި ކޮންމެ ދުވަހަކު އެފްބީ އާއި ޓުވިޓާއަށްލާ ތިން ޖަވާބުގެ ތެރެއިން ރަނގަޅު ޖަވާބު ޖެހުމަށްފަހު ވޯލްޑްކަޕް މަޖާ ހޭޝްޓެކް ކުރުމުންނެވެ. ފްރާންސު ދެކޮޅު ޓިކެޓު ލިބޭނީ މުބާރާތުގެ ބާކީ ހުރި މެޗުތަކުގެ ޖަވާބު އެންމެ ގިނައިން ރަނގަޅު ކުރާ ފަރާތްތަކުގެ ތެރޭގައި ގުރުއަތެއް ނަގައިގެންނެވެ. ލަކީޑްރޯ ނަގާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ފީފާ އިން އިންތިޒާމުކޮށްގެން ކުރިއަށްދާ އަންހެނުންގެ ވޯލްޑް ކަޕް މި އަހަރު ކުރިއަށްދަނީ ފްރާންސުގަ އެވެ. މި މުބާރާތުގައި ކުއާޓާ ފައިނަލްގެ މެޗުތަކާ ހަމަ އަށް ވަނީ ގޮސްފަ އެވެ. މާދަމާ އޮންނާނީ ފްރާންސާއި އެމެރިކާ ކުޅޭ މެޗެވެ.