ހަބަރު

ފަޅު ގެއަކުން ބަނގުރަލާއި ޑުރަގް ހޯދައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ހެންވޭރުގައި ހުރި ފަޅު ގެއަކުން ބަނގުރާ ފުޅިތަކަކާއި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި، އެ ގޭތެރެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މިއަދު މެންދުރުފަހު ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު ފެނުނު މީހަކާ މެދު ޝައްކު ކުރެވިގެން މަޑުކުރަން އެންގުމުން އޭނާ މަޑުނުކޮށް ފަޅުގެއަކަށް ވަން ކަމަށެވެ.

އަދި ބުނީ ފުލުހުން ވެސް އެ ފަޅުގެއަށް ވަދެ އެ މީހާ ހުއްޓުވައި ގެ ބަލައި ފާސްކުރިއިރު 11 ފުޅި ބަނގުރަލާއި ބަނގުރާ ހުސް ކުރި 15 ފުޅި ވަނީ ފެނުނު ކަމަށެވެ. އިތުރަށް އެގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 17 ޕެކެޓާއި 13 ސެލޯފަން ކޮޅު ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.