ހަބަރު

ޝާހިދު އީޔޫ ކޮމިޝަންގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

Jun 28, 2019
3

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒްގެ ހައި ރެޕްރެޒެންޓޭޓިވް އަދި ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑެރިކާ މޮގެރިނީއާ ބައްދަލު ކުރައްވައިފި އެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވި ބައްދަލުވުމުގައި ފެޑެރިކާ ވިދާޅުވީ، ރާއްޖެއިން ޑިމޮކްރަސީ ދަމަހައްޓަން ކުރާ މަސައްކަތަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ރާއްޖެ އާއި އީޔޫއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ކައުންޓާ ޓެރަރިޒަމާއި ގުޅޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އީޔޫން ބުންޏެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށާއި އީޔޫއަށް ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ބައިނަލް އަގުވާމީ ގަވާއިދުތަކަށް ބޯލަނބައި އިންޑިއާ ކަނޑު ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށްވެސް އީޔޫ އިން ބުންޏެވެ.