ހަބަރު

ރެޑްވޭވް ސޭލްގެ ބޮޑު އިނާމުގެ ނަސީބުވެރިޔާއަށް އިނާމް ހަވާލުކޮށްފި

ރެޑްވޭވް އިން ރޯދަ މަހު ކުރިއަށް ގެންދިޔަ ރޯދަ ސޭލްގެ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބުނު ނަސީބުވެެރިޔާ އަށް އިނާމް ހަވާލުކޮށްފި އެވެ.

މި ޕްރޮމޯޝަންގައި އެންމެ އަގު ބޮޑު އިނާމު ލިބޭ ނަސީބުވެރިޔާ އަށް ދޭން ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިފައިވަނީ މުހައްމަދު ޝިޔާމް (ކޫޕަން ނަމްބަރު 056415) އަށެވެ. މީގެ އިތުރުން 25 އިނާމެއް ވަނީ ހޮވާފައިވެ އެވެ.

ރެޑްވޭވްގެ 10 ފިހާރައިގައި ރޯދަ މަހާ ދިމާކޮށް ކުރިއަށްގެން ދިޔަ "ރެޑްވޭވް ރޯދަ ސޭލް" ޕްރޮމޯޝަންގައި 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރި އިިރު މި ޕްރޮމޯޝަން އަށް 150،000 އަށް ވުރެ ގިނަ ކޫޕަން ލާފައިވެ އެވެ.

ރެޑްވޭވް އިން ބުނީ މި އަހަރުގެ ރެޑްވޭވް ސޭލް ވެގެން ދިޔައީ، ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެން ދިޔަ ޕްރޮމޯޝަނަކަށް ކަމަށެވެ. ވުމާއިއެކު، ކުރިއަށް އޮތް ރެޑްވޭވްގެ ޕްރޮމޯޝަންތައް ވެގެން ދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިބިގެންދާނެ ބޮޑު ސޭލް އަކަށް ކަމަށެވެ.