ހަބަރު

100 މީހުންނާއެކު ދަތުރުކުރާ ފެރީއެއް ހުއްޓިގެން އެހީވަނީ

Jun 29, 2019

ހއ. އަތޮޅުން ފުރައިގެން 100 މީހުން ގޮވައިގެން ދަތުރުކުރާ ފެރީ ލޯންޗެއް ހުއްޓިގެން ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދޭން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ ފަޅުވެރިންނާއެކު 100 މީހުން ގޮވައިގެން ދަތުރުކުރަމުންދިއަ "މެރީން ހޯކްސް 2" ނަމަކަށް ކިޔާ 85 ފޫޓުގެ ފެރީގެ ހުންގާނު މައްސަލަޖެހިގެން ހުއްޓިފައިވަނީ ކ. ތުޅާގިރި ގެ 10 މޭލު ދުރުން ކަމަށެވެ.

އަދި އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑުން މަސައްކަތް ފަށާފައިވާކަމަށް ވަނީ ބުނެފަ އެވެ.