ކުޅިވަރު

މެލޭޝިއާ މުބާރާތުން ގައުމީ ޓީމަށް ރިހި މެޑަލް

މެލޭޝިއާގައި ކުރިއަށް ދިޔަ، "މެލޭޝިއާ ޓީ 20 ޓްރައި ސީރީޒް" މުބާރާތުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ރަނަރަފު މަގާމު ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޯސްޓް، މެލޭޝިއާ އެވެ. މެލޭޝިއާ ޗެމްޕިއަން ކަން ހޯދީ ކުޅުނު ހުރީހާ މެޗެއް ވެސް ކާމިޔާބުކޮށް ހަތް ޕޮއިންޓާއެކު، ރާއްޖެއިން ވަނީ ތައިލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ބަލިކޮށް ތިން ޕޮއިންޓް ހޯދާފަ އެވެ.

ތައިލެންޑާ ދެކޮޅަށް ކުޅުނު ދެ ވަނަ މެޗުގައި، ރާއްޖެ ބަލިވީ ކުޑަ ތަފާތަކުންނެވެ. ވިހި އޯވަރުތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން، 153 ލަނޑު ހެދި އެވެ. ތައިލެންޑުން ވަނީ 19.1 އޯވަރުގައި ފަސް ކުޅުންތެރިން ނުައިވެގެން 154 ލަނޑު ހަދާފަ އެވެ.

މެލޭޝިއާ ޓީ 20 ޓްރައި ސީރީޒްއަކީ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް ލެވަލްގެ މުބާރާތެކެވެ. މި ކާމިޔާބަކީ
އައިސީސީ މުބާރާތެއްގައި ރާއްޖޭގެއިން ހޯދި އެންމެ ބޮޑު ކުރި އެރުމެވެ..