ހަބަރު

މަގޫދޫ ކައުންސިލްގެ ތިޖޫރީ ފަޅާލައި ފައިސާ ނަގައިފި

ފ. މަގުދޫ ކައުންސިލްގެ އިދާރާގެ ތިޖޫރީ ހަލާކުކޮށްލައި ތިޖުރީގައި ހުރި ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ 3:30 ހާއިރު މަގޫދޫ ކައުންސިލްގެ ތިޖޫރީގައި ހުރި ފައިސާ ވަގަށް ނެގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ބުނީ ފައިސާ ވަގަށް ނަގާފައި ވަނީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑް ބަނުމަށް ފަހު، އެ ތަނުގެ ދޮރު ހަލާކުކޮށްލައިގެން އެ ތަނުގެ ތެރެއަށް ވަދެގެން ކަން އެނގިފައިވާ ކަމަށެވެ.

މަގޫދޫ ކައުންސިލަށް ހަވާލާދީ ފުލުހުން ބުނީ ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާ ކަމަށެވެ. ނަމަވެސް ފައިސާގެ ސީދާ އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.