ހަބަރު

ސެޕްޓެމްބަރުގެ ނިޔަލަށް ޓޫރިޒަމްގެ ހުރިހާ ތަނެއް ބަލައި ނިމޭނެ: އަލީ ވަހީދު

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރިސޯޓަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓުހައުސްތަކުގެ އިތުރުން ސަފާރީތައް އިންސްޕެކްޓްކޮށް ނިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މަނަފަރު ރިސޯޓުގެ މުވައްޒަފުން ވަކި ކުރަމުންގެންދާ ކަމަށްބުނެ ކުރަމުންގެންދިޔަ ހަޅުތާލާއި ގުޅިގެން އެ ރިސޯޓަށް ވަޑައިގެން މިނިސްޓަރު އަލީ ވަހީދު ވަނީ އެކަމަށް ހައްލެއް ހޯދަަވައި ދެއްވާފަ އެވެ. ރިސޯޓްގެ މެނޭޖްމަންޓާއި، ސްޓާފުންނާއި ވަކިވަކިން ބައްދަލުކޮށް، ޖެހުނު މައްސަލައަށް ހައްލު ހޯދައިދިނުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ރިސޯޓްގައި ޖެހުނު މައްސަލައަކީ "ކޮމިއުނިކޭޝަންގެ މައްސަލައެއް" ކަމަށެވެ.

އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާތީ އިތުރަށް އެވާހަކަ ދައްކަން ބޭނުންފުޅު ނުވާ ކަަމަށްވެސް ވިދާޅުވި އެވެ.

ޓޫރިޒަމާއި ގުޅުންހުރި ހުރިހާ ތަނެއް އިންސްޕެކްޓް ކުރަން ނިންމީ، ކުރިން ކޮށްފައިހުރި އިންސްޕެކްޝަންސްތަކަކީ ރަނގަޅަށް ކޮށްފައިވާ ކަމެއްކަމަށް ގަބޫލު ނުކުރެވޭތީ އެވެ.

"ސެޕްޓެމްބަރުގައި އެ ނިމުމަށްފަހު އަޅުގަނޑުމެންނަން ކޮންމެ ރަށެއްގެ ކަންތައް ހުރިގޮތް މި ސަރުކާރަށް ވަޒަން ކުރެވޭނެ. އެއާ އެއްކޮށް އަޅުގަނޑުމެން އެދެވޭ ބަދަލްތައް ގެންނާނެ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނާ ކޯޕަރޭޓް ކުރައްވާނެ. މިހާތަނަށްވެސް ކުރައްވާ" މިިނިސްޓަރު ވިދާޅުވި އެވެ.