ހަބަރު

ސިންގަޕޫރާއެކު ރާއްޖެއިން ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Jul 1, 2019
1

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ސިންގަޕޫރާއި ރާއްޖެއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސިންގަޕޫރު ރައީސާގެ ރަސްމީ ގަނޑުވަރު، އިސްތާނާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއިން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ. އެގޮތުން ދެ ގައުމުގެ ހާރިޖީ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

އިތުރުން ދެގައުމުގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް މިހާރަށްވުރެ ރަނގަޅު ކުރުމަށާއި އެ ދާއިރާއިން ގުޅުންހުރި އެހީތެރިކަމާއި މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފައިވެ އެވެ.

ހާރިޖީ އެއްބަސްވުމާއި ގުޅޭ ގޮތުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެއެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ހާޒިޖީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.