ގދ. ވާދޫ

ވާދޫގައި ޓޫރިޒަމް ތަރައްގީ ކުރަން ހުއްދަދީފި

ގދ. ވާދޫ ގައި ޓޫރިޒަމް ތަރައްގީ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުއްދަ ދެއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިކަން ހާމަ ކުރީ އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއް މެދުވެރިކޮށެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޓޫރިޒަމް ތަރައްގީ ކުރަން އެ ރަށުގެ ބިނާވެށީގެ ޕްލޭނާ އެއްގޮތަށް 5000 އަކަފޫޓުގެ 16 ޕްލޮޓް ދޫކޮށްފައިވާނެ ކަމަށެވެ.

ކުރުކުރު އެ ބަޔާނުގައި އެ ބިންތައް ބީލަމުގެ އުސޫލުން ދޫކުރުމުގެ ކަންކަންކަން އެ ރަށު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ވާދޫގެ އާބާދީއަކީ 1496 މީހުނެވެ. އެ ރަށުގައި މިހާރުވެސް ގެސްޓް ހައުސްތައް އަޅައި ރަށު ޓޫރިޒަމްގެ ވިޔަފާރި ކުރެ އެވެ.