ދިރާގު

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް "ކައިލް އާއި ލުލޫ"

Jul 1, 2019
4

ކުޑަކުދިންނަށް ހާއްސަ ދިވެހި 2ޑީ އެނިމޭޓެޑް ކާޓޫން ސީރީޒް "ކައިލް އާއި ލޫލޫ" ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ބަލާލެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

މި ޝޯއަކީ ދެ އަހަރާއި ހަތް އަހަރުގެ ކުޑަކުދިން ގަޔާވާ ފިލާވަޅުތަކާއި ގޭމްތަކުގެ ތެރެއިން "ހާށަވިޔަނި" ނުވަތަ އަކުރު އުނގެނެން މަގުފަހިކުރުމުގެ މަގުސަދުގައި ތައްޔާރު ކޮށްފައިވާ ޝޯއެކެވެ.

ކައިލް އާއި ލޫލޫ އުފައްދާފައިވަނީ "ގޮރިއްލާސެލްސް" އިންނެވެ.

އެ ކުންފުންޏާ ހަވާލާދީ ދިރާގުން ބުނީ އަމާޒަކީ ކުޑަކުދިންނަށް ޚާއްސަ ތައުލީމީ އަދި މުނިފޫހިފިލުވުމުގެ އެނިމޭޓެޑް ޝޯތައް ތައްޔާރު ކުރުން ކަމަށާއި ކައިލް އާއި ލޫލޫގެ އިތުރު ވާހަކަތައް ވެސް ގެނެސްދޭން މަސައްކަތް ކުރާ ކަމަށެވެ.

އަދި ބުނީ ދިރާގު ޓީވީން މަސައްކަތްކުރަނީ އޮން ޑިމާންޑް ލައިބްރަރީ ފުޅާކޮށް މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދޭށެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ "އިންޓްރޯ އޮފާ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް މި އަހަރުގެ ނިޔަލަށް ހިލޭ ބޭނުން ކުރެވޭނެ އެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ފީޗަރ ބޭނުން ކުރާނެ ގޮތް

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުން ބޭނުން ކުރަން ފަސޭހަވާނެ ގޮތަކަށެވެ. ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި " އޮން ޑިމާންޑް" ޖަހާފައިވާ ބަޓަނަށް ފިއްތާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބަލައިލެވޭނެ އެވެ.