ކުޅިވަރު

ހާޓްއެޓޭކަށްފަހު ކަސިޔަސް ދަނޑަށް ނުކުމެއްޖެ

ޕޯޓޯގެ ގޯލް ކީޕަރު އިކާ ކަސިޔަސްއަށް މިދިޔަ އޭޕްރީލް މަހު ކުރިމަތިވި، ހާޓްއެޓޭކަށް ދެ މަސް ފަހުން އޭނާ ތަމްރީނުތަކަށް ނިކުމެއްޖެ އެވެ.

ޕޯޓޯގެ ތަމްރީނުތަކުގައި ހޭދަ ކުރަނިކޮށް ކަސިޔަސްއަށް ހާޓް އެޓޭކެއް ޖެހުމުން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރި އެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލީ ފަސް ދުވަހަށް ފަހު އެވެ.

އަންނަ ސީޒަނަށް ތައްޔާރު ވުމަށް ޕޯޓޯގެ، ޕްރީ ސީޒަން ޕްރޮގްރާމް ފަށާފައިވާއިރު، ކަސިޔަސް ވަނީ އިއްޔެ ޕްރީ ސީޒަން ޕްރޮގްރާމްގައި ބައިވެރިވެ ޕޯޓޯގެ ޓްރެއިނިން ސެންޓަރަށް ހާޒިރު ވެފަ އެވެ. އެ ސެންޓަރު ކައިރިގައި ނަގާފައިވާ ފޮޓޯއެއް، ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަށް ފަހު ކަސިއަސް ބުނެފައި ވަނީ "އެނބުރި މަސައްކަތަށް ނިކުމެއްޖައިން" ކަމަށެވެ.

ޕޯޓޯގެ ވެބްސައިޓްގައި، ޕްރީ ސީޒަންގެ ފުރަތަމަ ދުވަހަށް ނިކުތް ކުޅުންތެރިންގެ ސްކޮޑުގެ ލިސްޓްގައި ވެސް ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ގޯލްކީޕަރުގެ ނަން ހިމެނެ އެވެ، ހާޓް އެޓޭކަށް ފަހު އޭނާ ރިޓަޔާ ކުރަން އުޅޭ ކަމުގެ ވާހަކަތައް ފެތުރުނު ނަމަވެސް އޭރުވެސް ކަސިޔަސް ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ.

ކަސިޔަސްގެ އުންމީދު ފަނޑެއް ނުވޭ

ޕޯޗުގަލްގެ ލީގްގެ ދެ ވަނަ މިދިޔަ ސީޒަންގައި ހޯދިއިރު، ކަސިޔަސް ވަނީ ލީގްގައި 31 މެޗު ކުޅެފަ އެވެ. އަދި މިދިޔަ ސީޒަންގެ ކްއާޓާ ފައިނަލަށް ޕޯޓޯ ގެންގޮސް ދިނުމުގައި ކަސިޔަސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސްޕެއިންގެ ގައުމީ ޓީމަށް ވޯލްޑް ކަޕާއި ޔޫރޯގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިދިން ކެޕްޓަން ވަނީ، މިދިޔަ ސީޒަންގައި ޕޯޓޯގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.