މިއަހަރުގެ ސެފްޓެމްބަރު މަހުގައި އެމެރިކާގައި ބާއްވާ ކްލައިމެޓް އެކްޝަން ސަމިޓަށް ތައްޔާރުވާން ޔޫއޭއީގައި މިދިޔަ ޖޫން މަހު ބޭއްވި "ތިމާވެއްޓާއި ސިއްހަތާ ގުޅޭ ވަޒީރުންގެ ބައްދަލުވުމުގައި،" ހެލެތް މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފި އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު އަމީން ވަނީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސިއްހަތަށް ކުރިމަތިވާ މަައްސަލަތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ތިމާވެއްޓާއި ގުޅޭ މައްސަލަތަކުގެ ސަބަބުން ސިއްހަތަށްކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައި ވެއެވެ.