ދުނިޔެ

ވިއްސާރައިގެ ސަބަބުން މުމްބާއީގެ ދަތުރުތައް ހުއްޓުމަކަށް

Jul 2, 2019

ބޯ ވިއްސާރައިގެ ސަބަބުން އިންޑިއާގެ މުމްބާއީގެ ދަތުރުތައް ހުއްޓުމަކަށް އައިސްފި އެވެ. މިއީ ފާއިތުވި 10 އަހަރު ތެެރޭގައި އެންމެ ބޯކޮށް އެ ސަރަހައްދަށް ވިއްސާރަ ކުރި ފަހަރެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރި ވިއްސާރައިގެ ސަބަބުން މުމްބާއީގެ 15 މީހުން މަރުވެ، އެ ސިޓީގެ ރޭލް ޓްރާންސްޕޯޓާއި މަގުމަތީ ދަތުރުތަކުގެ އިތުރުން، ވައިގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފަ އެވެ. މުމްބާއީގެ އެއާޕޯޓަކީ އިންޑިއާގެ ދެވަނައަށް އެންމެ ބިޒީ އެއާޕޯޓެވެ. -- ވިއްސާރައިގައި މަރުވެފައިވަނީ ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުނެވެ.

އިންޑިއާގެ މެޓު އޮފީހުން ވަނީ މިއީ އެގައުމަށް ފާއިތުވި 10 އަހަރު ތެރޭގައި ވެސް ކުރި އެންމެ ގަދަ ވިއްސާރަކަމަށް އިއުލާން ކޮށްފަ އެވެ. އަދި ސަމާލުވެ ތިބުމަށް ވެސް ވަނީ އަންގައިފަ އެވެ.

މުމްބާއިގެ ގިނަ ހިސާބުތަކުގައި މިހާރު ވަނީ ފެންބޮނޑުވެފަ އެވެ.

އިންޑިއާއަށް 2005 ވަނަ އަހަރު ކުރި ވިއްސާރައިގައި 900 މީހުން ވަނީ މަރުވެފަ އެވެ. އަދި ހާހަކަށްވުރެ ގިނަ މީހުން އެހެން ހިސާބުތަކަށް ބަދަލުވާން ޖެހުމުގެ ސަބަބުން ކޮންސްޓްރަކްޝަން ގިނަ މަސައްކަތެއް ހުއްޓި ވަޒީފާ ނެތް މީހުން އިތުރުވެގެން ދިޔަ އެވެ.