އިންޑިއާގައި ރޭލުގައި ދަތުރު ކުރަމުން ދަނިކޮށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ތާށިވި 700 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފި އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ބަދްލާޕޫރް، އުޅާސްނަގަރް އަދި ވަންގަނީ އަވަށުގެ ރޭލު ދަތުރުކުރާ މަގުތަކުގައި ވަނީ ފެން ބޮނޑު ވެފަ އެވެ. ފެން ބޮނޑުވުމުގެ ސަބަބުން ރޭލުގައި ދަތުރު ކުރަމުންދިޔަ މީހުން ބޭރަށް ނުނުކުމެވި ވަނީ ރޭލުގެ ތެރޭގައި ތާށިވެފަ އެވެ.
އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ ޑައިވް ކޮށްގެންނާއި، ހެލިކެޕްޓަރު އަދި ސާޗް އެންޑް ރެސްކިޔު އުޅަނދުތައް ވެސް ބޭނުން ކޮށްގެނެވެ.
ރޭލުން ދަތުރުކުރި މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ، ފެން ބޮނޑުވުމުގެ ސަބަބުން ރޭލުގައި 15 ގަޑިއިރު ހޭދަ ކުރަން ޖެހުނު ކަމަށެވެ. އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ވަނީ 600 މީހުން މަރުވެފަ އެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިހާރު ރޭލުން ދަތުރުކުރަމުންދިޔަ މީހުން ތިބުމަށް ސަލާމަތީ ކޭމްޕުތައް ގާއިމްކޮށްފަ އެވެ. ރޭލުން ސަލާމަތްކުރި 700 މީހުންގެ ތެރޭގައި މާބަނޑު ނުވަ އަންހެނަކު ވެއް ހިމެނެ އެވެ.