ދުނިޔެ

އިންޑިއާގައި ފެންބޮޑުވެ، ދެ މިލިއަން މީހުން ހާލުގައި ޖެހިފައި

Jul 16, 2020

އައްސާމް (ޖުލައި 16) - ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން، އިންޑިއާގެ އިރު ދެކުނުގައި އޮންނަ އައްސާމު ސްޓޭޓުގައި ފެންބޮޑުވުމުގެ ސަބަބުން، މިހާތަނަށް 50 މީހުން މަރުވެ، ދެ މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެ ސްޓޭޓުގެ ހާހަކަށް ވުރެ ގިނަ ވިލެޖުތައް ފެނު އަޑީގައި އޮތް އިރު، ހާލުގައި ޖެހިފައިވާ މީހުނަށް އެތަކެއް ސަތޭކަ ވަގުތީ ހިޔާތައް މިހާރުވެސް ވަނީ ގާއިމުކޮށްފަ އެވެ.

އާއްމުކޮށް މި ދުވަސްކޮޅު އެ ސަރަހައްދަށް މޫސުން ގޯސްވާއިރު، ކޮވިޑް-19 އިގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމަށް، ކަމާބެހޭ އިދާރާތަކުން 100 އަށް ވުރެ ގިނަ ބޯޓު ބޭނުންކުރަމުންދާކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ހާލުގައި ޖެހިފައި މީހުނަށް އެހީވާން 20 ސަރަހައްދެއްގައި 480 ކޭމްޕު ގާއިމުކޮށްފައިވާކަމަށްވެސް އިދާރާތަކުން ވަނީ ބުނެފަ އެވެ.