އަލިފާން

ރަޝިއާގެ އަސްކަރީ ސަބްމެރީނެއް ރޯވެ 14 މީހަކު މަރުވެއްޖެ

ރަޝިއާގެ އަސްކަރިއްޔާއިން ދިރާސާތައް ކުރަން ބޭނުންކުރާ ސަބްމެރިން އެއްގައި ރޯވެ 14 މީހުން މަރުވެއްޖެ އެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަބްމެރިންގައި އަލިފާން ރޯވެފައި ވަނީ ރަޝިއާގެ ކަނޑުގެ ސަރަހައްދުގެ ބަޔޯމެޓްރިކް މެޝާމެންޓްތަކެއް ނެގުމުގެ ދިރާސީ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ.

އަދި އަލިފާން ރޯވުމުގެ ކުރިން ފަޅުވެރިންތަށް ތިބީ އެއިން ބޭރުވި ގޭހެއްގެ ސަބަބުން ހޭނެތިފައި ކަމަށްވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

ރަޝިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުންނަމަ އެ ގައުގެ ކަމާއިބެހޭ ފަރާތްތަކަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ އަލިފާނުގެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުންނެވެ.

ސަބްމެރިން އިން އަލިފާން ނިއްވާލުމަށްފަހު މިހާރު ބާއްވާފައި އޮތީ މޫރްމަންސްކް ބަނދަރުގަ އެވެ. އަދި މި ހާދިސާގެ ތަހުގީގެއް މިހާރު ވަނީ ފަށައިފަ އެވެ.

މިއީ ރަޝިއާގައި ސަބްމެރީނެއްގައި ރޯވި ދެވަނަ ފަހަރެވެ. ދެހާސް ވަނަ އަހަރު ކާސްކް ނަމަކަށް ކިޔާ ސަބްމެރިން އެއް ގޮވުމުގެ ސަބަބުން ވަނީ އެއިން ދަތުރުކުރި 118 މީހުން މަރުވެފަ އެވެ