ވިޔަފާރި

މިފްކޯ އިން ރީފް ފިޝް ބާގަ އާއި ޓޫނާ މީޓް ބޯލްސް ނެރެފި

Jul 3, 2019

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން "ރީފް ފިޝް ބާގަ" އާއި "ނޫޓާ މީޓް ބޯލްސް" ބާޒާރަށް ނެރެފި އެވެ.

މިފްކޯ އިން މި އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ އެފްއެންބީ ޝޯގަ އެވެ. އެ ކުންފުނިން ވަނީ މި އުފެއްދުންތަކުގެ ރަހަ ބެލުމުގެ ފުރުސަތު މި ފެއާގެ ތެރޭގައި ހުޅުވާލާފަ އެވެ.

ރީފް ފިޝް ބާގައަކީ ބާގަ ތައްޔާރު ކުރެވޭ ގޮތަށް އުފައްދާފައިވާ ހާއްސަ މަސް ގަނޑެކެވެ. ފަރު މަހުން ތައްޔާރު ކޮށްފައި ހުންނަ ރީފް ފިޝް ބާގަ ޕެކް އެ ކުންފުނިން މިހާރު ލިބެން ހުންނާނެ އެވެ. އަދި ޓޫނާ މީޓް ބޯލްސްއަކީ ކަންނެލި މަހާއި ކަޅުބިލަ މަސް ބޭނުންކޮށްގެން އުފައްދާފައި ހުންނަ މަސް ބޯލްސް އެވެ.

މިފްކޯ އިން ބުނީ މި ދެ އުފެއްދުން ވެސް ތައްޔާރުކޮށްފައިވާނީ ޕްރެޒަވޭޓިވްސް ނުހިމެނޭ ތާޒާ މަހުން ކަމަށެވެ. އަދި މި އުފެއްދުންތައް ބާޒާރުގައި ހުންނަ މި ބާވަތުގެ އުފެއްދުންތަކަށް ވުރެ އަގު ހެޔޮވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މި ދެ އުފެއްދުން ގަނޑުކޮށް ނަގާ ފަރާތްތަކަށް ހާއްސަ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެފްއެންބީ ޝޯގައި ހުންނަ މިފްކޯގެ ސްޓޯލަށްދާ ފަރާތްތަކުގެ މެދުގައި ގުރުއަތެއްނަގައި ހާއްސަ އިނާމެއް ލިބޭނެ އެވެ.