އެތުލެޓިކޯ މެޑްރިޑް

ޖޯއާ ފެލިކްސް ސޮއިކޮށް އެތުލެޓިކޯ ތާރީހް ބަދަލުކޮށްފި

ދުނެިޔޭގެ ހަތަރު ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ ފީ އާއެކު، ބެންފީކާގެ ޖޯއާ ފެލިކްސް އެތުލެޓިކޯ މެޑްރިޑަށް ގެނެސް އެ ކުލަބުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އޭނާ ތައާރަފު ކޮށްފި އެވެެ.

މެޑްރިޑް ކުލަބު މަޝްހޫރު ވެފައި ވަނީ، އަމިއްލައަށް ކުޅުންތެރިން އުފައްދާ، ޓީމު ވަރުގަދަ ކުރާ ކުލަބެއްގެ ގޮތުގަ އެވެ. އަމިއްލަ އެެކެޑެމީން އުފައްދާ ކުޅުންތެރިން އެހެން ޓީމުތަކަށް ވިއްކާލައިގެން ބޮޑު ނަފާއެއްވެސް އެތުލެޓިކޯއިން ހޯދަ އެވެ.

ޖޯއާ ފެލިކްސް އާއެކު އެތުލެޓިކޯގެ ތާރީހް ބަދަލުވީ އެވެ. ޔޫރަޕްގެ ބޮޑެތި އެހެން ކުލަބުތަކުން ފެލިކްސް ގެ އަގޮބޮޑު ކަމުން ޓްރާންސްފާގެ ރޭހުން އެ ޓީމުތައް ވަކިވެގެން ދިޔައީ އެވެ. އެތުލެޓިކޯއިން އޭނާގެ ސޮއި ހޯދީ، 126 މިލިއަން ޔޫރޯ (ދެ ބިލިއަން ދިވެހި ރުފިޔާ) އަށެވެ. އެއީ ފުރާވަރުގެ އުމުރުގެ ކުޅުންތެރިޔަކު ކުލަބު ބަދަލު ކުރުމަށްޓަކައި ހެދުނު ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.

ސީނިއާ ކެރިއަރުގެ ފުރަތަމަ ސީޒަންގައި، ޖޯއާ ފެލިކްސް ވަނީ 43 މެޗުގައި 20 ލަނޑު ޖާހަފަ އެވެ. ލަނޑު ޖަހާނެ 11 ފުރުސަތު އޭނާ ތަނަވަސް ކޮށްދިނެވެ.

މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގްގައި، އެންރިކް ފްރެންކްފާޓާ ދެކޮޅަށް އޭނާ ހެޓްޓިރިކް ހެދި އެވެ. އެއީ ޔޫރޮޕާ ލީގްގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ޖޯއާ ފެލިކްސް އެތުލެޓިކޯ އާއެކު ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެ އެވެ. އޭނާ ގެނައީ، މި ސީޒަނަށް ފަހު ޓީމު ދޫކޮށްލާ އެންޓްއާން ގްރީޒްމަން ބަދަލުގަ އެވެ.

އަންނަ ހަފުތާގައި ގްރީޒްމަން ބާސާއަށް ބަދަލު ވާނެ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.