ހަބަރު

އޭސީސީގެ ރައީސް ކަމަށް މުއައްވިޒު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުއައްވިޒު ރަޝީދު އައްޔަންކޮށްފި އެވެ.

އޭސީސީއިން މިއަދު އަވަސްއަށް މައުލޫމާތު ދިން ގޮތުގައި ކޮމިޝަންގެ ރައީސް ކަމަށް މުއައްވިޒު އައްޔަންކުރީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވީ ތިން މެންބަރުންނެވެ.

މުއައްވިޒު، ކޮމިޝަންގެ ރައީސް ކަމަށް އައްޔަންކޮށްފައިމިވަނީ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މަޖިލީހުގެ ކޮމެޓީއިން އޭނާ ވަކި ކުރަން ހުށަހަޅަން ނިންމާފައިވަނިކޮށެވެ.

އިސްތިއުފާ ދެއްވިއިރު އޭނާ ކޮމިޝަންގެ ވަޒީފާއަށް ނުނުކުންނަވާތާ ގިނަ މަސްތަކެއް ވަނީ ވެފަ އެވެ. ކުރީގެ ސަރުކާރުގެ ތެރެއިން ހިނގައިދިޔަ ބައެއް ކޮރަޕްޝަންގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށް ލުތުފީއަށް ތުހުމަތު ކުރެވެ އެވެ.