ރ. އަލިފުށީ ފެނުގެ ނިޒާމް ގާއިމްކުރަން އިންޑިއާގެ ކުންފުންޏަަކަށް ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެެނެރަލް ފާތިމަތު ޝާނާ ފާރުގު އެވެ. މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖަރު ކޭ އާރު ސާޖީ އެވެ.
މި މަޝްރޫއުގެ ދަށުން އަލިފުށީގެ ފެނުގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގައި ފެނުގެ ވިޔުގަ އެޅުމާއި އާރްއޯ ޕްލާންޓަކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅުވައިދިނުން ހިމެނެ އެވެ. މި މަޝްރޫއު ހަވާލުކުރީ 16.6 މިލިއަން ރުފިޔާ އަށް ދެ އަހަރުގެ މުއްދަތަށެވެ.