ހަބަރު

"އަމީނީ ޑައިމަންޑް ޖުބްލީ ރަން"ގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

Jul 5, 2019

ރައީސްގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު "އަމީނީ ޑައިމަންޑް ޖްބްލީ ރަން" ގައި ބައިވެރިވެވަޑައިގެންފި އެވެ.

އަމީނިއްޔާ ސުކޫލަށް 75 އަހަރުވުމާއި ގުޅިގެން ބޭއްވި އެ ހަރަކާތަކީ ދުޅަހެޔޮ ސިއްހަތަކަށް އަމާޒުކޮށް ބޭއްވި ހަރަކާތެކެވެ. އެހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭގައި އެވެ.

އެ ހަރަކާރުގައި ފަސްޓް ލޭޑީގެ އިތުރުން ބައެއް އަންހެން ވަޒީރުންނާއި އަމީނިއްޔާ ސްކޫލުގެ އިސްް ދަރިވަރުންނާއި މިހާރުގެ ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ. މިހަރަކާތުގައި 2500 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެ އެވެ.