ރައީސް އޮފީސް

މަބްރޫކަށް ރައީސް އޮފީހުގެ ސިޔާސީ މަގާމެއް

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އަންޑާސެކްރެޓަރީގެ މަގާމަށް މުހައްމަދު މަބްރޫކު އަޒީޒް އައްޔަންކޮށްފި އެވެ.

މަބްރޫކް އެމަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަބްރޫކް އަކީ މިދިޔަ މަޖިލިސް އިންތިހާބުގައި ވ. ފެލިދޫ ދާއިރާއަށް ވާދަކޮށް ނާކަމިޔާބުވި ފާރާތެކެވެ. އޭނާއަށް އިންތިހާބު ނާކާމިޔާބުވީ ޕީއެންސީން ވާދަކުރި ފަޒުލް ރަޝީދާ ވާދަކޮށްގެންނެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އަންޑާ ސެކްރެޓަރީ މަގާމަށް މަބްރޫކް އައްޔަން ކުރުމުން، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަނީ 338 ވަނީ އިތުރުވެފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތަށް އިތުރު ނުވާނެ ކަމަށެވެ.

ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 400 ވުރެ މައްޗަށް އަރަ އެވެ.