މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ރިވެލި އެވޯޑް 21 ފަރާތަކަށް ދީފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރަން ދޭ ރިވެލި އެވޯޑަށް 21 ފަރާތަކަށް ދީފި އެވެ.

ރިވެލި އެވޯޑް ދިނުމުގެ ގޮތުން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެވެ.

ރިވެލި އެވޯޑް ހާސިލްކުރި ފަރާތްތަށް:

  • މުހައްމަދު ރައިޝާން އަހްމަދު، ހުސްނޫވިލާ/ މ.މުލައް
  • ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • އަލްޙާފިޒް އަހްމަދު ނަބީހު އަބްދުލްގާދިރު، މާބަގީޗާގެ/ ލ.މާވައް
  • ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން
  • މަރްޔަމް ނޫރާ ރަޝާދު، މއ.ސެނަކާ
  • ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • ފާތިމަތު އިބްރާހީމް، ކާނިމާގެ/ ޅ.ހިންނަވަރު
  • ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • އަލްޙާފިޒް އަލީ އަމްޖަދު، ރަބީއު/ ހދ.ކުޅުދުއްފުށި
  • ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް، ވ.އަލުންތިލަ
  • ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުއިއްޔާތަކުގެ ދާއިރާ
  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
  • ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ދާއިރާ
  • ރޭޑިއޯ އެޓޯލް
  • ދާއިރާ: ނުކުޅެދިންތެރިކަން ހުންނަ މީހުންނާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތުގެ ދާއިރާ
  • ޝަފީނާޒް ސައީދު، ހީނާމާގެ/ ގއ.ކޮލަމާފުށި
  • ދާއިރާ: ފަންނީ ދާއިރާ
  • ރަޙުމާ ޢީސާ، ހ.ފިލްމީ ސައިޓް
  • ދާއިރާ: ފަންނީ ދާއިރާ
  • ދިމްނާ ފާކިރު، ގުލްދަސްތާގެ/ ސ.ފޭދޫ
  • ދާއިރާ: ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
  • މޯލްޑިވްސް އޯޓިޒަމް ސެންޓާ
  • ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ
  • ނަޙްވާން ޔޫސުފް، ތަންހަޅިއާގެ/ ޅ.ނައިފަރު
  • ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • އަޔާން އާލް ބިން އަހްމަދު ނާސިރު، މ.އަބާނާ
  • ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • އަބްދުﷲ ޝަޔާއު، ދެވެލި، ސ.މަރަދޫ
  • ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • ސިފުނާ އިބްރާހީމް، ފެހިވާދީ/ މ.މުލައް
  • ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • އަހްމަދު ނަހުޔާން ފައިސަލް، ނޫޑަލްހީ/ ޏ.ފުވައްމުލައް
  • ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • މަރްޔަމް ލުމައިހާ އާދިލް، މ.ސާނިޔާ
  • ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • މުޙައްމަދު ނިޔާފް، ލޫބިޔާ/ ލ.ފޮނަދޫ
  • ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • ވަސްމީ ވަހީދު، ސޯސަންމާގެ/ ބ.ތުޅާދޫ
  • ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  • ޢަލީ އަމީން، ގ.ރަންރީދޫގެ

ރިވެލި އެވޯޑް ހަސީލް ކުރި ފަރާތްތަލަށް އެވޯޑް ހަވާލުކޮށް ދިނުމަށްފަހު ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ސަރުކާރުން ނުކުޅެދޭ މީހުންގެ ހައްގުތަށް ހިމާޔަތް ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވާފަ އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އަދި ސަރުކާރުގެ ވުޒާރާތަކުގެ މިނިސްޓަރުން ވަނީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ރިވެލި އެވޯޑަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ އެވޯޑެކެވެ.