ހަބަރު

އައިސީއެސްއާރްއައިގެ ސޮޕްސަރުންނާއެކު ވިލާ ކޮލެޖުން ސޮއިކޮށްފި

އިންޓަނޭޝަނަލް ކޮންފަރެސް އޮފް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރްއައި)ގެ ސްޕޮންސަރުން އަދި ޕާޓްނަރުންނާއި ވިލާ ކޮލެޖުގެ ދެމެދުގައި އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އައިސީއެސްއާރްއައި ކޮންފަރެންސް އަކީ ވިލާ ކޮލެޖުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެސްއެކެވެ. މިއަހަރުގެ ކޮންފަރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 17 އިން 18 އަށެވެ.

މިމަހު ކުރިއަށްގެންދާ މި ކޮންފަރެންސްގެ ތީމަކީ "ޓްރާންސްފޯމޭޓިވް ތިންކިން ޓުދަ ފިއުޗާ" އެވެ. މި ކޮންފަރެންސްއަށް މިހާތަނަށް ވަނީ ބައިންލަލް އަގްވާމީ ދަރިވަރުން އަދި ދިވެހި ދަރިވަރުން ހިމެނޭ ގޮތަށް 60 އަށްވުރެ ގިނަ އެބްސްޓްރެކްޓް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ ބައިވެރިންނާއި ދިވެހި ދަރިވަރުންނާއި ރިސާޗަރުން ހިމެނެ އެވެ.

މިކޮންފަރެސްއަށް ތަފާތު އަށް ދާއިރާއަކުން ވަނީ ކަރުދަސް ހުށަހަޅާފަ އެވެ. މީގެ އިތުރުންވެސް ކޮންފަރެންސް ތެރެއިން ތަފާތު ހަތަރު ސްޕީޗް އާއި ފަސް ޕެނަލް ޑިސްކަނަޝަލް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން ވަނީ ބުނެފަ އެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންފަރެންސްއަކީ ސައިންސް އެންޑް ޓެކްނެލޮޖީ މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ޔުނިސެފް، މަހާޕް، އަދި މެލޭޝިއާގެ އިންފިންޓެލް އިން އެންޑޯޒް ކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސް އެކެވެ. ކޮންފަރެންސްގެ މެއިން ސޮޕްންސަރަކީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް އެވެ.