ހަބަރު

ތިލްމީޒާ ސަފީރުކަމުގެ ފަތްކޮޅު ޓްރަމްޕަށް އަރުވައިފި

ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވައިފައިވާ ސަފީރު ތިލްމީޒާ ހުސައިންގެ ސަފީރު ކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަރުވައިފި އެވެ.

ފަތްކޮޅު ހަވާލުކުރެއްވުމަށް ފަހު ތިލްމީޒާ ކުރެއްވި ޓްވީޓެއްގައި، ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި އެމެރިކާއިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރުއަދާކޮށްފައިވެ އެވެ.

ތިލްމީޒާ ކުރެއްވި ޓްވީޓް

ތިލްމީޒާ މީގެ ކުރިން ވަނީ، ޕާމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕާމެނެންޓް ރެޕްރެޒެންޓެޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑާގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.