ހަބަރު

ތިން އަތޮޅެއްގައި ކޯޒްވޭގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

ތިން ސަރަހައްދެއްގައި ކޯޒްވޭ އެޅުމުގެ މަޝްރޫއު ޑިޒައިން ކުރުމާއި އެންވަރަމަންޓް އިމްޕެކްޓެ އެސެސްމެންޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

ކޯޒްވޭ އަޅަނީ ލ އަތޮޅާއި ތ އަތޮޅާއި މ އަތޮޅުގައި އެވެ.

ލ އަތޮޅުގައި ކޯޒްވޭ އަޅަނީ ކުނަހަންދޫ އިން މެންދޫ އަށް، ކަލައިދޫ އިން ދަނބިދޫ އަށް، ހިތާދޫ އިން މެންދޫ އަށެވެ

ތ އަތޮޅުގައި ކޯޒްވޭ އަޅަނީ ވޭމަންޑޫ އިން ކިނބިދޫއާއި ދެމެދުގަ އެވެ. އަދި މ. އޮތޮޅުގެ މުލި އާއި ނާލާފުއްޓާއި ދެމެދުގައި ވެސް ކޯޒްވޭ އަޅަން ނިންމައިފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަޝްރޫއު ޑިޒައިން ކޮށް އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

މި މަސައްކަތާއި ބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް މި މަހުގެ 17 ވަނަ ދުވަހު މެންދުރު 11:00 ގެ ނިޔަލަށް ހުށެހެޅޭނެ އެވެ.