ވިޔަފާރި

އެފްއެންބީ ޝޯގެ އިނާމުތައް ޕިރަމިޑުން ހަވާލު ކުރަން ފަށައިފި

Jul 10, 2019
ޕިރަމިޑުގެ އިނާމު ލިބުނު އަހުމަދު ލަތީފު (ވ) ގައި-
0%
0%
0%

ދަރުބާރުގޭގައި މި މަހު ބޭއްވި ފުޑް އެންޑް ބެވަރޭޖް ޝޯ އަށް ޕިރަމިޑުން ހުށަހެޅި ގިފްޓް ހެމްޕާތައް ހަވާލު ކުރަން ފަށައިފި އެވެ.

މި ފެއާ އަށް ދިޔަ މީހުންގެ މެދުގައި ގުރުއަތެއް ނަގައި ޕިރަމިޑުން ދީފައިވާ ގިފްޓް ހެމްޕާގައި ގިނަ ބާވަތްތަކެއް ހިމެނެ އެވެ. ހައިރައިޒް އިން އިންތިޒާމު ކުރި މި ފެއާގައި ބައިވެރިވެ ޕިރަމިޑުން ލަކީޑްރޯ ސްޕޮންސާކޮށް ކޮންމެ ދުވަހަކު ނަސީބުވެރިއަކު ހޮވި އެވެ.

ޕިރަމިޑް ފިހާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއް ނަސީބުވެރި އަކަށް އިއްޔެ ވަނީ އިނާމު ހަވާލުކޮށްފަ އެވެ. ނަސީބުވެރިއަކަށް ހޮވިފައިވަނީ ދަފުތަރު ނަމްބަރު 11380، އަހުމަދު ލަތީފު އެވެ.

ޕިރަމިޑުގެ އިނާމު ލިބުނު އަހުމަދު ލަތީފު

އޭނާ އަށް ޕިރަމިޑުން ދިން ގިފްޓް ހެމްޕާގައި ނުވަ ބްރޭންޑެއްގެ 36 އައިޓަމް ހިމެނެ އެވެ. މި ތަކެތީގެ ތެރޭގައި އެ ކުންފުނިން އެތެރެކޮށް ވިއްކާ ޒީބާ ބާސްމަތީ ހަނޑުލާއި ޗީޒް އަދި ސަން އަޕް ޖޫހުގެ އިތުރުން މާރިއޯ ބިސްކޯދާއި ޓުޑޭސް ޓޭސްޓު ސައިފަތުގެ އިތުރުން ނޫޑުލްސް ހިމެނެ އެވެ. މި ގިފްޓް ހެމްޕާއެއްގައި ހުރި ބާވަތްތަކުގެ އަގު ގާތްގަނޑަކަށް 10،000ރ. އަށްވުރެ މަތިވާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910