ކުޅިވަރު

އިންޑިއާ ބަލިކޮށް ނިއުޒިލޭންޑް ފައިނަލަށް

ސެމީ ފައިނަލުގައި އިންޑިއާ ދެކޮޅަށް 18 ލަނޑު ތަފާތުން މެޗު ކާމިޔާބު ކޮށް، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް، ކްރިކެޓް ވޯލްޑްކަޕުގެ ފައިނަލަށް ނިއުޒިލޭންޑް ދަތުރު ކޮށްފި އެވެ.

މެންޗެސްޓާގެ އޯލްޑްޓްރަފާޑްގައި ކުޅުނު މެޗުގައި، ނިއުޒިލޭންޑުން ވަނީ 50 އޯވަރުގެ ތެރޭގައި 239 ލަނޑު ހަދާފަ އެވެ. އިންޑިއާ އަށް 49.3 އޯވަރުގެ ތެރޭގައި ހެދުނީ 221 ލަނޑެވެ.

ނިއުޒިލޭންޑުން އެންމެ ގިނަ ލަނޑު ހެދީ، 75 ލަނޑު ހެދި ރޮސް ޓޭލާ އެވެ. އިންޑިއާއިން އެންމެ ގިނަ ލަނޑު ހެދީ، ރަވިންދަރަ ޖެދޭޖާ އެވެ. އޭނާ ވަނީ 77 ލަނޑު ހަދާފަ އެވެ.

ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ އާ ދެކޮޅަށް ނިކުންނާނީ އިންގްލެންޑެވެ.