ރެއާލް މެޑްރިޑް

ރެއާލްގެ ބައްދަލުވުމުގައި މިލިޓާއޯ އަނބުރައިގެންފި

ރެއާލް މެޑްރިޑާ އަލަށް ގުޅުނު ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ތާރަފުކޮށް ދޭން ބޭއްވި ޕްރެންސް ކޮންފަރެންސްގައި އޭނާ ބޯ އަނބުރައިގެންފި އެވެ.

އަންނަ ސީޒަނަށް ރެއާލް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ގެނައި ފަސް ވަނަ ކުޅުންތެރިޔާ، މިލިޓާއޯ ތާއާރަފު ކޮށްދޭން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން އޭނާގެ ބޯއަނބުރައި ގަންނަ ގޮތްވުމުން އޭނާ ވަނީ ޕްރެސް ކޮންފަރެންސް މެދުކަނޑާލަން އެދިފަ އެވެ. އެންމެ ފަހުން ރެއާލުން ވަނީ އެ ޕްރެސް ކޮންފަރެންސް ކެންސަލް ކޮށްފަ އެވެ.

ކޮޕާ އެމެރިކާގެ ކާމިޔާބަށް ފަހު، ބްރެޒިލްގައި ބޭއްވި އުފާފާޅު ކުރުންތައް ނިންމާލުމަށް ފަހު، މިލިޓާއޯ ސްޕެއިނަށް ދިޔައީ ދިގު ދަތުރެއް ކޮށްފަ އެވެ. އޭނާއަށް އެ މައްސަލަ ދިމާވީ ދަތުރު މަތީގައި އެކށީގެންވާ ކާއެއްޗިހި ބޭނުން ނުކުރުމުން ކަމަށް ސްޕެއިންގެ އޭއެސް އިން ރިޕޯޓް ކުރެ އެވެ.

އޭނާ ސްޕެއިންއަށް ދިޔައީ ވެސް ރެއާލް މެޑްރިޑްގެ ޕްރެޒެންޓޭޝަން ތާވަލު ކޮށްފައި އޮތުމުންނެވެ. ދިގު ދަތުރަށް ފަހު އަރާމު ކުރުމުގެ ބަދަލުގައި އޭނާ ހާޒިރުވީ ރެއާލްގެ ޕްރެޒެންޓޭޝަނެވެ.