ނޭމާ

ޕީއެސްޖީން ނޭމާގެ މުސާރައިން ބައެއް އުނި ކޮށްފި

ޕީއެސްޖީގެ ބްރެޒިލްގެ ފޯވަޑް، ނޭމާ ޖުނީއާގެ މުސާރައިން ބައެއް އެ ކުލަބުން އުނި ކޮށްފި އެވެ.

ޕީއެސްޖީގެ ސީނިއާ ޓީމާއި އެކެޑެމީ ޓީމުތަކުގެ ކުޅުންތެރިންނަށްވެސް ޑިސިޕްލިން ބޯނަސްގެ ގޮތުގައި އިނާޔަތެއް ދިނުމަށް އެ ކުލަބުން ކަނޑައަޅާފައި ވެއެވެ. އަންނަ ސީޒަނަށް ތައްޔާރުވާން، ޕީއެސްޖީން ޕްރޮގްރާމްތައް ފެށިއިރު ނޭމާ ހާޒިރެއް ނުވެ އެވެ.

އެހެންވެ ޕީއެސްޖީން ވަނީ، މި މަހުގެ މުސާރައިގެ ތެރޭގައި ހިމެނޭ ޑިސްޕްލިން ބޯނަސް ނޭމާގެ މުސާރައިން އުނިކޮށްފަ އެވެ. ނޭމާގެ މި މަހުގެ މުސާރައިން 375،000 ޔޫރޯ (6.5 މިލިއަން ރުފިޔާ) ޕީއެސްޖީން ވަނީ އުނިކޮށްފަ އެވެ.

ނޭމާގެ އެވްރެޖު މުސާރައަކީ އަހަރަކު 37 މިލިއަން ޔޫރޯ އެވެ. ޕީއެސްޖީން ވަނީ މީިގެ ކުރިން އެ ޓީމުގެ ބައެއް އެހެން ކުޅުންތެރިންނަށްވެސް އެ ފިޔަވަޅު އަޅާފަ އެވެ.