ހަބަރު

ޕްރިޔާންކާއި އަދިތްޔާ ބޮޑު އީދުގައި ފުވައްމުލަކަށް!

ބޮޑު އީދަށް ހާއްސަކޮށް ފުވައްމުލަކުގައި "ތިމާ އީދި 1440" ނަމުގައި ބޮލީވުޑުގެ ބައެއް ފަންނާނުންނާއެކު ހާއްސަ ޝޯ އެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

މި ޝޯ ބާއްވަނީ އިވެންޓް މެނޭޖް ކުރުމުގެ ދާއިރާއަށް އަލަށް ނުކުންނަ "ސޭންޑް ރިޕަބްލިކް ޕްރައިވެޓް ލިމިޑެޓު" ން ނެވެ. ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެން ބާއްވާ މި ޝޯ ކުރިޔަށްދާއިރު ވިޔަފާރި ސްޓޯލްތަކާއި ފުޑް ކޯޓްތައް ވެސް ގާއިމް ކުރާނެ އެވެ. އަދި ރާއްޖޭގެ ސަގާފަތް ދައްކައިދޭ ކުޅިވަރާއި ނެށުމުގެ ހަރަކާތްތައް ވެސް ކުރިޔަށް ގެންދާނެ އެވެ.

އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އުދިތު ނާރަޔަންގެ ދަރި އަދިތްޔާ ނާރަޔަން އާއި ޓީވީ ޝޯތަކުން މަޝްހޫރުކަން ހޯދާފައިވާ ޕްރިޔަންކާ ޝަރްމާގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ. އަދިތްޔާ ނާރަޔަން އަކީ ލަވަކިޔުމާއި ޓީވީ ހޮސްޓެއްގެ އިތުރުން އެކްޓްވެސް ކުރާ ފަންނާނެކެވެ.

"ތިމާ އީދި 1440" ގައި އަދިތްޔާ ނާރަޔަން އާއި ޕްރިޔާންކާ ޝަރުމާގެ އިތުރުން ދިވެހި ލަވަކިއުންތެރިން ކަމަށްވާ އާމިނަތު ސައިނާ ރަޝީދާއި ހުސެއިން އިރުފާނު (ޒަކިއްޓެ)، އަދި "ރާއްޖެ ސްޓޭޓް އޮފް މައިންޑް" ބޭންޑްގެ ހުށަހެޅުންތައް ވެސް އޮންނާނެ އެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ދެ ފަންނާނުން ކަމަށްވާ އަހުމަދު ޝަފީޤް (އަފަގެ) އާއި ހުސެއިން އިބްރާހިމް (ޑަންޑަނާ ހުސެއިން) ހުށަހެޅުންތައް ހިމެނެ އެވެ.