މޯލްޑިވްސް ކަސްޓަމްސް ސާވިސް

ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަހާއި ސިނގިރޭޓު ނައްތާލައިފި

Jul 12, 2019

ކަސްޓަމްސްެގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަހާއި ސިނގިރޭޓު ނައްތާލައިފި އެވެ. މި ތަކެތި ނައްތާލާފައިވަނީ މިދިއަ ބުދަ ދުވަހު އެވެ.

މި ތަކެތި ނައްތާލީ ތިލަަފުށީގެ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ވެސް ހާޒިރުގަ އެވެ.

މީގެ އިތުރުން މި މަހުގެ ހަތަރުވަނަ ދުވަހު ވެސް ގިނަ އަދަދެއްގެ ބަނގުރަލާއި ސިނގިރޭޓު ތިލަަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ނައްތާލާފައި ވެއެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަ މަލުކުރާނެ އުސޫލުގެ ދަށުން ނައްތާލި ތަކެއްޗެވެ.