މޯލްޑިވްސް ޕޮލިސް ސާވިސް

މާފަންނު ގެއެއްގެ ބެލްކަނި ވެއްޓިއްޖެ

ރޭ ދަންވަރު މާފަންނު ގެއެއްގެ ބެލްކަނި މަގު މައްޗަށް ވެއްޓިއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނީ ރޭ 12:50 އެހާކަންހާއިރު ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓުމުގެ ރިޕޯޓް ލިބުމުން އެސަރަހައްދުގައި ފުލުހުން ހަރަކާތެރިވެފައިވާ ކަމަށެވެ.

ހަދިސާގެ މައުލޫމާތު ދެމުން ފުލުހުން އިތުރަށް ބުނީ، މިހާރު އެސަރަހައްދުގައި އާންމުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ކަންކަމާއި ގުޅޭގޮތުން ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް މާލޭގައި ބެލްކަނި ވެއްޓުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ހެންވޭރު ގެއެއްގެ ބެލްކަނި ވެއްޓި ފަސް މީހަކަށް މީގެ ދުވަސްކޮޅެއް ކުރިން އަނިޔާވި އެވެ. ޕްލޭނިން މިނިސްޓްރީން ވަނީ ދުވަސްވީ އަދި ނުރައްކާތެރި ގޮތަށް ހުންނަ އިމާރާތްތަށް އެ މިނިސްޓްރީއަށް ރިޕޯޓް ކުރަން ވެސް އަންގައިފަ އެވެ.