މޯލްޑިވްސް ޕޮލިސް ސާވިސް

ދަނގަޑަކުން ޖެހި މީހެއްގެ ބޯ ފެޅިއްޖެ

މާލޭ ގައި އިމާރާތް ކުރަމުންދިޔަ ސައިޓެއްގައި ޖަހާފާ ހުރި ސޭފްޓީ ދަނގަޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގަޖެ އެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު 12:10 ގައި ހެންވޭރުގެ މަގެއް ބަންދުކޮށްގެން އިމާރާތް ކުރަމުން ދިޔަ ސައިޓެއްގައި ޖަހާފައިވާ ސޭފްޓީ ދަގަނޑު ވެއްޓި މީހެއްގެ ބޮލުގައި ޖެހި ފަޅައިގެން ދިޔައީ އެ މަގުގެ ނުބައި ލޭނަކުން ސައިކަލް ދުއްވާފައި ދިޔަ މީހެއްގެ ބޯ ކަމަށެވެ. އަދި އެ ހާދިސާ ހިނގުމާއާއެކު އެ މީހާ އައިޖީއެމްއެޗްއަށް ގޮންގޮސް ފަރުވާދީފައިވާ ކަމަށެވެ.

ރޭގެ އެ ހާދިސާ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ. މީގެ ދުވަސް ކޮޅެއް ކުރިން ހުޅުމާލޭގައި ޖަމްބޯ ބޭގެއްގެ ދަށުވެގެން ބިދޭސީއަކު ވަނީ މަރުވެފަ އެވެ. އަދި މާފަންނު ގެއެއްގެ ބެލްކަންޏެއް ވެސް ވެއްޓިފައި ވެއެވެ.