ޖަރުމަންގެ ވީއެފްބީ ސްޓުޓްގާޓް ދެވަނަ ޑިވިޒަނަށް ރެލިގޭޓް ވުމުން، ކުލަބު ރައީސް ވޮލްފްގަންގް ޑީޓްރައިޗަށް ފުލުފުފުލުގައި މަރުގެ އިންޒާރު ދީފި އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް، ޑީޓްރައިޗަށް މަރުގެ އިންޒާރު ފޮނުވަން ފެށުމުން ސްޓުޓްގާޓްގެ ފުލުހުނުން ވަނީ އެ މައްސަލަ ތަހުގީގް ކުރަން ފަށާފަ އެވެ. އަދި ޑީޓްރައިޗް އާއި އޭނާގެ އާއިލާގެ ސެކިޔުރިޓީ ވަނީ ވަރުގަދަ ކޮށްފަ އެވެ.
ޖަރުމަންގެ ބުންޑެސް ލީގާގެ ޗެމްޕިއަންކަން 2007 ވަނަ އަހަރު ހޯދި، ސްޓުޓްގާޓަށް އަންނަ ސީޒަންގައި ލީގުން ޖާގަ ގެއްލުނީ، ބުންޑެސްލީގާގެ ޕްލޭއޮފްގައި ޔޫނިއަން ބާލިން އަތުން ބަލިވުމުންނެވެ. މިއީ ފަސް އަހަރު ތެރޭގައި އެ ޓީމު ރެލިގޭޓްވި ދެ ވަނަ ފަހަރެވެ.
ޑީޓްރައިޗް އަކީ 2016 ވަނަ އަހަރުން ފެށިގެން، ސްޓުޓްގާޓްގެ ރައީސް އެވެ. ކުލަބު ރެލިގޭޓް ވުމުން، ކުރީގެ ރައީސް އަދި ޖަރުމަނަށް 1980 ވަނަ އަހަރުގެ ވޯލްޑްކަޕު ހޯދައިދިން ޓީމު ޑިފެންޑަރު ތޯމަސް ބާޓްހޯލްޑް ވަނީ ޑީޓްރައިޗް އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ.