ވިޔަފާރި

ތަރިންނާއެކު "ވިޒިޓް މޯލްޑިވްސް" ޝޯވްތައް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް!

Jul 26, 2015

ދުނިޔޭގެ މަޝްހޫރު ތަރިންނާއެކު "ވިޒިޓް މޯލްޑިވްސް" ޝޯވްތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބާއްވަން ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.

މިނިވަން ކަމަށް 50 ފުރުމާ ގުޅިގެން ރާޅުގަނޑު ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ ޝޯވްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝޯވްތަކެއް ބޭއްވުމަށް ރޭވިފައިވާ ކަމަށެވެ.

"މި ޝޯވްތަކުގެ ބޭނުމަކީ ޒުވާން މިއުޒީޝަނުންނަށް ފުރުސަތު ހޯދައި ދިނުން،" ޒިއަތު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ދަނީ ޝޯވްއެއް ބާއްވަމުންނެވެ. މި ޝޯވްގައި ދުނިޔޭގެ މަޝްހޫރުތަރިން ރާއްޖެ ގެނެސްފައިވެ އެވެ. އެންމެ ފަހުން ބޭއްވި ޝޯވްގައި ބޮލީވުޑްގެ ތަރި ޕްރިޔަމްކާ އާއި ލަވަ ކިޔުންތެރިވާ އޭކަން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.