މާލޭގެ މަގުމަތީން ޒުވާން އަންހެނަކާ ދިމާކޮށް ޖިންސީ ފުރައްސާރަ ކުރި 56 އަހަރުގެ ފިރިހެން މީހާއަށް ދައުވާކޮށް ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ފިރިހެން މީހާއަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުންނެވެ. އެ މައްދާގައި ވާގޮތުން އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހަކުގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާ ވާނެކަން ނުވަތަ އުނދަގޫވެ ބިރު ގަންނަން ޖެހޭ ކަހަލަ ކަމެއް ކުރުމަކީ ކުށެކެވެ.
ޒުވާން އަންހެނަކަށް އެފިރިހެން މީހާ ފުރައްސާރަކުރީ އޭޑީކޭ ހޮސްޕިޓަލް ކައިރިންނެވެ.އަންހެން މީހާ ވަނީ ފުރައްސާރަ ކުރި މަންޒަރު ވީޑިއާ ކުރުމަށްފަހު ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ. ފުލުހުން އޭނާ ތަހުގީގަށް ހައްޔަރު ކުރުން އޭނާގެ ފަރާތުން އެހެން އަންހެނުންނަށް ވެސް ފުރައްސާރަ އާއި ކުރިމަތިލާން ޖެހުނުކަން ވަނީ އެނގިފަ އެވެ.
ފުލުހުން ވަނީ ފިރިހެން މީހާގެ ކިބައިން ފުރައްސާރައާއި ކުރިމަތިލާން ޖެހުނު މީހުން ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުމަށްވެސް އެދިފަ އެވެ.