ދުނިޔެ

މަރުގެ އަދަބު ދޭން ފަށާނީ ގައުމީ ދުވަހު: ސިރިސޭނާ

ސްރިލަންކާގެ ގައުމީ ދުވަހު މަރުގެ އަބަދު ތަންފީޒު ކުރަން ފެށޭތޯ ބަލައްވާނެ ކަމަށް ސްރިލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ދަނޑުވެރިންނާއެކު އެކު ބޭއްވި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސިރިސޭނާ ވިދާޅުވީ، މަރުގެ އަދަބު ދޭ ބިލް މަޖިލިހަށް ހުށަހަޅައިފިނަމަ ގައުމީ ދުވަހު ލަންކާގައި އަލުން މަރުގެ އަދަބު ދޭން ފަށާނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސިރިސެނާ ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަށް މަރުގެ އަދަބު ދޭނެ އެވެ. ލަންކާގައި އަލުން މަރުގެ އަދަބު ދޭން ފަށާތީ ދުނިޔޭގެ ނުރުހުން އަންނަނީ އަމާޒުވަމުންނެވެ.

ސިރިސެނާ ވިދާޅުވާ ގޮތުންނަމަ އެ ގައުމުގައި ހިނގާ ބޮޑެތި ކުށްތަކާއި ސަރުކާރު ތެރޭގައި އޮތް ކޮރަޕްޝަން ގުޅިފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީ އާއި އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން ސްރިސޭނާއަށް ވަނީ މަރުގެ އިންޒާރުވެސް އެތަކެއް ފަހަރު މަތިން ދީފަ އެެވެ.

ލަންކާގައި މަރުގެ ހުކުމް އިއްވާފައިވާ 1000 ވުރެ ގިނަ މީހުން މިހާރުވެސް އެބަތިއްބެވެ.