ދުނިޔެ

މަރުގެ އަދަބު އޮންނަން ޖެހޭ، އެކަމަކު ތަންފީޒު ކޮށްގެން ނުވާނެ: ރާޖަޕަކްސާ

ސްރިލަންކާގެ ގާނޫނުތަކުން މަރުގެ އަދަބު ދޭ ގޮތަށް ފާސްކުރި ނަމަވެސް، މަރުގެ އަދަބު ދީގެން ނުވާނެ ކަމަށް ސްރީލަންކާގެ އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް ރާޖަޕަކްސާ ވިދާޅުވީ، މަރުގެ އަދަބު ދީގެން މަސްތުވާތައްޗާއި އަދި އެއާ ގުޅިފައިވާ ކުށްތަށް ނުހުއްޓުވޭނެ ކަމަށެވެ. ރާޖަޕްކަސާ ވިދާޅުވީ މަރުގެ އަދަބު އޮންނަން ޖެހޭނީ ކުށްކުރާ މީހުން ކުށްކުރަން ޖެހިލުންވުންވާ ކަމެއްގެ ގޮތުގައި އެކަނި ކަމަށެވެ.

"މަރުގެ އަދަބު ގާނުނުގައި ބަޔާންކޮށްފައި އޮންނަން ޖެހޭ. އަޅުގަނޑުމެންގެ ވިސްނުން ބަދަލެއް ނުވާނެ، ގާނޫނުގައި އޮތަސް އެއީ ތަންފީޒު ކޮށްގެންވާނެ ކަމެއް ނޫން" ރާޖަޕަކްސާ ވިދާޅުވި އެވެ.

އިތުރަށް ރާޖަޕަކްސާ ވިދާޅުވީ، ލަންކާގެ ގައުމީ ދުވަހުގައި މަރުގެ އަދަބު ދޭން ފެށުމަކީ ރައީސް މައިތިރިޕާލާ ސްރިސޭނާގެ ވިސްނުންފުޅެއް ކަމަށާއި މަރުގެ އަދަބަކީ ލަންކާގައި 1970 ވަނަ އަހަރުން ފެށިގެން މަނާކޮށްފައިވާ ކަމެއް ކަމަށެވެ. މަރުގެ އަދަބު ދިނުމާއި ލަންކާގެ މެޖޯރިޓީ ރައްޔިތުން ދެކޮޅު ކަމަށެވެ.

ލަންކާގެ ދަނޑުވެރިންނާއެކު ބޭއްވި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސިރިސޭނާ ވިދާޅުވެފަ ވަނީ މަރުގެ އަދަބު ދޭ ބިލް މަޖިލިހަށް ހުށަހަޅައިފިނަމަ ގައުމީ ދުވަހު ލަންކާގައި އަލުން މަރުގެ އަދަބު ދޭން ފަށާނެ ކަމަށެވެ. ސްރިލަންކާގެ ގައުމީ ދުވަހަކީ އެޕްރީލް 4 ވަނަ ދުވަހެވެ.

ތަފާތު އެކިކުށްތަކާއި ގުޅިގެން މަރަން ހުކުމްކޮށްފައިވާ 1000 އަށްވުރެ ގިނަ މީހުން މިހާރުވެސް ލަންކާގެ އެކި ޖަލުތަކުގައި އެބަ ތިއްބެވެ.