ކުޅިވަރު

ގޭމްސްގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފު ޒަބީރަށް

މި އަންނަ ބުރާސްފަތި ދުވަހު މޮރިޝަސްގެ ފެށުމަށް ހަމަޖެހިފައިވާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ގައުމީ ދިދަ އުފުލުމުގެ ބާސްކެޓް ކުޅުންތެރިޔާ އަހްމަދު ޒަބީރު ހަމަޖައްސައިފި އެވެ.

ގޭމްސްގައި ވާދަ ކުރާ، ރާއްޖޭގެ ކޮންޓިންޖެންޓް އާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޒާބިރުއާ ގައުމީ ދިދަ ހަވާލު ކޮށްދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޓީރެކްސް ބާސްކެޓްބޯޅަ ކުލަބަށް ކުޅެމުން އަންނަ، ޒަބީރަކީ، ދިވެހި ބާސްކެޓްގައި މިހާރު އެންމެ ނުފޫޒު ގަދަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ބާސްކެޓްބޯޅަ ލީގްގެ މޮޅުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޖެހިޖެހިގެން ހަ އަހަރު އޭނާ ވަނީ ހިމެނިފަ އެވެ. ސަބާ ޗެމްޕިއަންޝިޕްގައި، ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދިނުމުގައި ޒަބީރު ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އެންމެ ފަހުން ބޭއްވި ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލައި ދީފައި ވަނީ، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ. މި އަހަރު މޮރިޝަސްގައި ބާއްވާ ގޭމްސްގައި ރާއްޖެއިން މުޅިން އަލަށް ޕެރަ ލިމްޕިކްސް އާއި ކައިޓް ސާފިން ޓީމެއް ވާދަ ކުރާނެ އެވެ.

މި އަހަރުގެ ގޭމްސްއަށް ފަހު ދެން ބާއްވާ ގޭމްސް އޮންނާނީ 2023 ވަނަ އަހަރު އެވެ. އެ އަހަރުގޭ ގޭމްސްގެ ރާއްޖޭގައި ބިޑު ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. ދެން ބިޑު ކޮށްފައި ވަނީ ކޮމޮރޯސް އާއި މަޑަގަސްކަރަ އެވެ. ރާއްޖެއިން ދަނީ ބިޑް ކާމިޔާބު ކުރުމުގައި ގައުމުތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.