ދުނިޔެ

އިންޑިއާއިން ހަނދަށް ފޮނުވަން އުޅުނު އުޅަނދު މަޑުޖެހިއްޖެ

Jul 15, 2019
4
ޗަންދުރަޔާން-2 ދަތުރަކީ ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރުގެ ތާރީހީ މަޝްރޫއެއް -- ފޮޓޯ: އިސްރޯ
0%
100%
0%

ނިއު ދިއްލީ (ޖުލައި 15) - އިންޑިއާ އިން ހަނދަށް ފޮނުވަން އުޅުނު ދެވަނަ ޖައްވީ އުޅަނދަށް ދިމާވި ޓެކްނިކަލް މައްސަލަކާ ގުޅިގެން މަޑުޖައްސައިލިފި އެވެ.

އުޅަނދު ފޮނުވަން ގަޑިއިރަކަށްވުރެ ކުޑަތަންވެފައި ވަނިކޮށް މަޑުޖައްސާލަން ޖެހުނީ އެ އުޅަނދު ފޮނުވާލަން ބޭނުންކުރާ ސިސްޓަމުން ފާހަގަ ކުރެވުނު ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް އިންޑިއާގެ ސްޕޭސް އޭޖެންސީން ބުންޏެވެ.

އެ ސެޓަލައިޓް ފޮނުވަން ހަމަޖައްސާފައިވަނީ އިންޑިއާގެ އިރުން އޮންނަ ސްރީހަރިކޮޓާ ސްޕޭސް ސްޓޭޝަނުން އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް، ދިމާވި މައްސަލައާ ގުޅިގެން ލޯންޗުކުރާނެ ތާރީހެއް ފަހުން އަންގާނެކަމަށް އެ އޭޖެންސީން އިތުރަށް ބުންޏެވެ.

ޗަންދުރަޔާން-2 ގެ ނަންދެވިފައިވާ ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރުގެ ތާރީހީ މަޝްރޫއު ކާމިޔާބުވެއްޖެނަމަ، ހަނދުގެ ދެކުނު ފަޅިއަށް ދެވޭ ފުރަތަމަ ގައުމުގެ ލަގަބު އިންޑިއާއަށް ލިބޭނެ އެވެ.

އެ މިޝަން ކާމިޔާބުވެއްޖެނަމަ، އިންޑިއާ ވެގެންދާނީ ހަނދަށް ޖައްވީ އުޅަނދެއް ފޮނުވައި ހަތަރު ވަނަ ގައުމަށެވެ. އޭގެ ކުރިން ހަނދަށް ދިޔުމުގެ ޝަރަފު ލިބިފައިވަނީ އެމެރިކާއާއި، ޗައިނާގެ އިތުރުން އޭރުގެ ސޯވިއެޓް ޔޫނިއަންއަށެވެ.

އިންޑިއާގެ ޖައްވީ ގާބިލުކަން އިތުރުކުރުމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމެކެވެ. ނަމަވެސް، ގައުމުގައި އިންތިހާއަށް ބޮޑުވަމުން އަންނަ ފަގީރުކަން އިތުރުވުމުގެ މައްސަލައަށް އެ ފައިސާ ހަރަދުކުރުމަށް ގޮވާލައި ހާއްސަކޮށް އިދިކޮޅު ފަރާތްތަކުގެ ފާޑިކިޔުން ވަނީ މޯދީއަށް އަމާޒުވެފަ އެވެ.

މީގެ ކުރިން 2008 ވަނަ އަހަރު އިންޑިއާއިން އުދުއްސި ޗަންދުރަޔާން-1 ހަނދުގައި ޖައްސާފައެއްނުވެ އެވެ. ނަމަވެސް އެ އުޅަނދުވަނީ ރާޑަރުތައް ބޭނުންކޮށްގެން ހަނދުން ފެނުގެ އަސަރެއް ފެނޭތޯ ވަރަށް ތަފްސީލީ ދިރާސާއެއްކޮށްފަ އެވެ.

މިފަހަރުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އިންޑިއާގެ އަމާޒަކީ 2022 ވަނަ އަހަރު ހަނދަށް މީހުންނާއެކު އުޅަނދެއް ފޮނުވުމެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހީނާ

ހަނދައް ދިޔުމުގެ ބަދަލުގައި ތިތާ ހަމައިން ނެއްޓިފަ އޮތް އުސޫލްތައް ހަރަދަނާ ކުރުން.

އިނާން

ރަނަގަޅަށް ކަންތައްތައް ވާނީ އެހެން ވެ ތި ޓެކްނިކަލް މައްސަލަވެސް ތި ދިމާވީ . އަދި ނެތް ހަނދައް ދިޔުމުގެ ޝަރަފު ލިބެކަތް އިންޑިޔާއަށް

ޖިލް

އިންޑިޔާގެ ފަގީރުންނަށް ތިފައިސާ ހާރަދު ކުރުން ފެރެނޭ .

ރާއްޖެ

ލޮލް. އަދި ހިތްވަރުކޮއްލާ. ފުރަތަމަ 300 މިލިޔަން ފަގީރުންނަށް ތި ފައިސާ ހަރަދުކޮއްބަލަ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910