ކުޅިވަރު

އެފްރިކަން ކަޕްގެ ފައިނަލަށް ސެނެގާލް އާއި އަލްޖީރިއާ

ސެމީ ފައިނަލުގައި، ޓީއުނީޝިއާގެ މައްޗަށް ކާމިޔާބު ހޯދައި، އެފްރިކަން ކަޕް އޮފް ނޭޝަންގެ ފައިނަލަށް ސެނެގާލް ދަތުރު ކޮށްފި އެވެ. ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި، ނައިޖީރިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން މޮޅުވެ އަލްޖީރިއާވެސް ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ސެނެގާލް އާއި ޓިއުނީޝިއާ ކުޅުނު މެޗުގައި، ސެނެގާލުން ޖެހި ލަނޑަކީ، މެޗުގެ ފުރިހަމަ ވަގުތު އެއްވަރުވެ، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި، ޓިއުނީޝިއާގެ ޑިލަން ބޯން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގުމުގެ ފުރުސަތު ލިބިފައި ވަނީ، ޓިއުނީޝިއާ އަށެވެ، މެޗުގެ 75 ވަނަ މިނެޓްގައި ޓީމަށް ލިބުނު ޕެނަލްޓީ ފަޖާނީ ސަސީ ފޮނުވާލި ނަމަވެސް އެ ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އޭގެ ފަސް މިނެޓް ފަހުން ސެނެގާލަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އޮންރީ ސެވިޓް ފޮނުވާލި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

ނައިޖީރީ އާއި އަލްޖީރިއާ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީވެސް އަލްޖީރިއާ އިންނެވެ. މެޗުގެ 40 ވަނަ މިނެޓްގައި އެ ޓީމުން ލީޑް ނެގީ، ނައިޖީރިއާގެ ވިލިއަމް ޓްރޫސްޓް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

ނައިޖީރިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ، 72 ވަނަ މިނެޓްގައި އޮޑިން އައިލޯ އެވެ. މެޗު އެއްވަރު ވެގެން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހިދާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުގެ 95 މިނެޓްގައި ރިޔާދު މަހްރޭޒް ވަނީ ހިލޭ ޖެހުމަކުން އަލްޖީރިއާގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ސެނެގާލް އާއި އަލްޖީރިއާ ކުޅޭ ފައިނަލު މެޗު އޮންނާނީ މި އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖޭގަޑިން ދަންވަރު 12:00 ގަ އެވެ.