ވިޔަފާރި

އުރީދޫ މިނިވަން ދުވަހުގެ ހަދިޔާ: ފަންސާސް ޕަސެންޓް ބޯނަސް އަދި ޑޭޓާ!

މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އުރީދޫން މިވަނީ ކަސްޓަމަރުންނަށް ހަދިޔާއެއް ދީފަ އެވެ. އެ ކުންފުނިން ދީފައިވާ ހަދިޔާއަކީ މޮބައިލް އިންޓަނެޓު ބޭނުންކުރާ ފަރާތްތަކަށް 50 ޕަސެންޓް ބޯނަސް އާއި ހިލޭ ޑޭޓާ އެވެ.

އެ ކުންފުނިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ހާއްސަ އޮފާއެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. މި އޮފާގައި މިނިވަން ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް މަ އި އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖް ނުވަތަ 500 އެމްބީއަށްވުރެ ބޮޑު ކޮންމެ އުރީދޫ ޑޭޓާ ޕެކްއެއްވެސް ނެގުމުން، ކަސްޓަމަރު ހިޔާރުކުރާ ހިދުމަތަކުން 50 ޕަސެންޓުގެ ބޯނަސް ލިބޭނެ ކަމަށެވެ.

އުރީދޫން ބުނީ، އެ ކުންފުނީގެ އެޕްމެދުވެރިކޮށް، ގޫގުލް ޕްލޭ އަދި އެޕަލް އެޕްސްޓޯރ މެދުވެރިކޮށް މުޅިން ހިލޭ ޑައުންލޯޑް ކުރެވޭ މައި އުރީދޫ އެޕް މެދުވެރިކޮށް އުރީދޫ ކަސްޓަމަރު ންނަށް ކޮންމެ ގަޑިއެއްގައި އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ރީޗާޖް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ޑޭޓާ ޕެކް އެކްޓިވޭޓް ކުރުމާއި އެވަގުތު ބޭނުންކުރެވިފައިވާ ހިދުމަތްތަކުގެ ތަފްސީލު ބަލައި، ބިލް ދައްކައި، ރީތި ޓިއުންސް ފަދަ ހިދުމަތްތައް އެކްޓިވޭޓްކޮށް ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބޭނެ ކަމަށެވެ.

އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ކުންފުނިން ފޮނުވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި މިނިވަންކަމުގެ ރަންޔޫބިލް ފާހަގަ ކުރަމުންދާއިރު، މި ހާއްސަ ދުވަހުގެ ތަހުނިޔާ އާއި މުބާރަކްބާދީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުރީދޫގެ ފަރާތުން އަރިސްކުރަމެވެ. މި ހާއްސަ މުނާސަބަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށްޓަކައި ތައާރަފްކުރެވުނު އޮފާ ބޭނުންކޮށްގެން ރާއްޖޭގެ އެކިހިސާބުތަކުގައިވާ އާއިލާ އާއި ގާތްތިމާގެބޭފުޅުންނާއި ގުޅުންބަދަހިކޮށް، މިނިވަން ދުވަހުގެ ހާއްސަ ކަންތައްތައް އެކަކު އަނެކަކާ ހިއްސާ ކުރުމުގައި އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށް އުއްމީދުކުރަން" ސީއީއޯ ވިކްރަމް ވިދާޅުވި އެވެ.

މިނިވަން ފަންސާސް ފާހަގަ ކުރު މުގެ ގޮތުން އުރީދޫ އިންވަނީ ފާއިތުވި ޖޫން މަހުގައި ވަރަށް ހާއްސަ ކެމްޕޭނެއް ފަށާފަ އެވެ. މި ކެމްޕޭން ރާއްޖޭގައި "ބިގް މިލިއަން އޮފަ" ގެ ނަމުގައި ހާއްސަ އިނާމުތަކެއް ލިބެ އެވެ. ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިޕްރޮމޯޝަން މެދުވެރިކޮށް އުރީދޫގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ފައިސާގެ އިނާމާއި، ބާރަ ހާސް ހަދިޔާ ލިބިގެންދެ އެވެ.