ހަބަރު

ޝާހިދު މޮރިޝަސްގެ ޕްރައިމް މިނިސްޓަރާ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މޮރިޝަސްގެ ޕްރައިމް މިނިސްޓަރު ޕްރަވިންދް ޖަގްނައުތްއާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުކޮށްލެއްވުމުގައި، މިނިސްޓަރު ޝާހިދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ޕްރައިމް މިނިސްޓަރަށް ރަސްމީ ސިޓީފުޅެއް އަރުވާފައެވެ. އެބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މިނިސްޓަރު ޝާހިދު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދާވާ ރަސްމީ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ހޯދުމުގެ ގޮތުން، ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. އެ ބައްދަލުކުރެއްވުމުގައި، މިނިސްޓަރު ޝާހިދުގެ އަރިހުގައި، މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހުލޫފު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.